ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި


2022-11-24

ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

މިއީ 2021ގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި)  އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދެވެ.