ތ.ހިރިލަންދޫ ސްކޫލް 03 ބުރި އިމާރާތާއި، 08 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-10-13

ތ.ހިރިލަންދޫ ސްކޫލް 03 ބުރި އިމާރާތާއި، 08 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން

ޕީއެސްއައިޕީ 2021ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ތ.ހިރިލަންދޫ ސްކޫލްގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 34,683,731.99ރ(ތިރީސް ހަތަރު މިލިއަން ހަލައްކަ އައްޑިހަ ތިންހާސް ހަތް ސަތޭކަ ތިރީސް އެއްރުފިޔާ ނުވަދިހަ ނުވަލާރި (އަށް މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

 މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދް އިބްރާހީމެވެ.

ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ފައިނޭންސް އިސްމާއީލް ޒަޙްރާން ޒުބައިރުއެވެ.