ށ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްގައި ސޮއިކޮށްފި


2022-10-26

ށ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްގައި ސޮއިކޮށްފިއެވެ.

ޕީ.އެސް.އައި.ޕީ 2021 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ށ.އަތޮޅު މަދަރުސާގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 13,948,530.61 ރ) ތޭރަ މިލިއަން ނުވަލައްކަ ސާޅީސް އައްހާސް ފަސްސަތޭކަތިރީސް ރުފިޔާ ފަސްދޮޅަސް ހަ ލާރި (އަށް މި މަސައްކަތް 365ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.  

 އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ހުސައިން ވަހީދު އެވެ.