ހުޅުމާލެ ފޭސް-2 ގައި 05 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-10-10

ހުޅުމާލެ ފޭސް-2 ގައި 05 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލް އިމާރާތުގެ މަސައްކަތްހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސިންގ ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައި  އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ  އެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ހައިޝަމްއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 241,596,570.56 ރ (ދުއިސައްތަ ސާޅިސް އެއް މިލިއަން ފަސް ލައްކަ ނުވަދިހަ ހަ ހާސް ފައްސަތޭކަ ހަތްދިހަ ރުފިޔާ ފަންސާސް ހަ ލާރި)އަށް މި މަސައްކަތް 18 މަސް ދުވަހުގެ (547 ދުވަސް ) ތެރޭގައި ނިންމަވައިދެއްވާ ގޮތަށެވެ.

އަޅުގަނޑުމެންގެ އުންމީދަކީ 2024 މާރިޗު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މި އިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ މި ސްކޫލު އިމާރާތް ކުރެވިގެން ދާނީ 54  ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކުގައެވެ. މީގެ އިތުރުން މި ސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގް އޭރިއާއެއް މި ޑިޒައިންގައި ހިމެނޭނެއެވެ.

މި އިމާރާތް ނިމުމުން ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެއެވެ.