މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" ގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ 18 އަތޮޅެއްގައި ހިންގާ 131 ސަރުކާރު ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 އަށް ކިޔަވާދެއްވާ މުދައްރިސުންގެ ފެންވަރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ސަރވޭގެ ތަހުލީލުކުރުމަށާއި ރިޕޯޓް ލިޔުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮންސަލްޓަންޓް އުޞޫލުން ޙަވާލުކޮށްފިއެވެ. މި މަސައްކަތަށް ހޮވިފައިވަނީ ޑރ. ވިސާލް މޫސާ އެވެ.
މި ސަރވޭ ހިންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމަށް މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މުޙިއްމު ހުނަރުތައް މުދައްރިސުން ޤަބޫލުކުރާ ގޮތުގައި ހުރި މިންވަރު ދެނެގަތުމަށެވެ. މި ސަރވޭއަކީ ލޭމްޕް ގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ސްކޫލް ފެންވަރުގައި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގޭ ޙަރަކާތްތައް )ސްކޫލް-ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް( އަދި ސްކޫލްތަކުގެ ފެންވަރު ހިފެހެއްޓުމަށް ހިންގޭ ޙަރަކާތްތަކުގެ (ކޮލިޓީ އެޝުއަރަންސް) ފައިދާކުރާ މިންވަރު ދެނެގަތުމަށް ކުރަމުންދާ ދިރާސާގެ ފުރަތަމަ މަރުޙަލާއެވެ.
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.