ރ.އުނގޫފާރު ސްކޫލް 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-09-19

މިއަދު ސޮއި ކުރެވިގެން މިދިޔައީ ރ.އުނގޫފާރު ސްކޫލް 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން.

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރީ ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 10,169,545.89ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސްސަތޭކަ ސާޅީސް ފަސް ރުފިޔާ އައްޑިހަ ނުވަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސާ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސަރ ޕްރޮޖެކްޓްސްޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނާއިހް ނަޖީބެވެ.