ނ. ފޮއްދޫ ސްކޫލުގައި 04 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-08-03

ނ.ފޮއްދޫ ސްކޫލުގައި 04 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. 

ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ނ.ފޮއްދޫ ސްކޫލް 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,753,918.54ރ (ހަތަރުމިލިޔަން ހަތްލައްކަ ފަންސާސް ތިންހާސް ނުވަސަތޭކަ އަށާރަ ރުފިޔާ ފަންސާސް ހަތަރުލާރި) އަށް މި މަސައްކަތް 110 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިން