ހއ.ފިއްލަދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 13,734,711.88ރ (ތޭރަ މިލިއަން ހަތް ލައްކަ ތިރީސް ހަތަރު ހާސް ހަތް ސަތޭކަ އެގާރަ ރުފިޔާ އަށްޑިހަ އަށް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.
ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހް އެވެ.