ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-08-10

ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕި 2021 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 16,641,056.19ރ (ސޯޅަ މިލިއަން ހަ ލައްކަ ސާޅީސް އެއް ހާސް ފަންސާސް ހަ ރުފިޔާ ނަވާރަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުޝްރުވާން އަހުމަދެވެ.