ޗީފް އެޑިޔުކޭޝަން ޓެކްނޮލޮޖީ އޮފިސަރގެ މަޤާމަށް ހުޞައިން ޝިނާން އައްޔަނުކޮށްފި


2022-07-31

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އައި.ސީ.ޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 2(2024-2021) 2 ވަނަ އަހަރަކަށް ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ލޭމްޕް ގެ ދަށުން ޗީފް އެޑިޔުކޭޝަން ޓެކްނޮލޮޖީ އޮފިސަރ (ސީ.އީ.ޓީ.އޯ) ގެ މަޤާމަށް އަލްފާޟިލް ހުޞައިން ޝިނާން އައްޔަނުކޮށްފިއެވެ.

އައި.ސީ.ޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 2(2024-2021) އަކީ އައި.ސީ.ޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން 1 ތަންފީޒުކޮށް ނިމުމުން ކުރިއަށް އޮތް 5 އަހަރު މައިގަނޑު 6 ކަމެއްގެ ހާޞިލްކުރުމަށް ޔުނެސްކޯ ބެންކޮކް އިން ދެއްވާފައިވާ އިރުޝާދަށް ބަލައި އެކުލަވާލާފައިވާ ޕްލޭނެކެވެ. މި މައިގަނޑު 6 ކަމަކީ: (ހ) އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019-2023 ތަންފީޒުކުރުމަށް އެހީވުން، (ށ) ހިނގމުންދާ އައި.ސީ.ޓީ އާ ގުޅޭ މަޝްރޫޢުތައް ފުޅާކުރުން، (ނ) ބެލެނިވެރިކަމުގެ ޖުމްލަ އަގަށް ބެލުން، (ރ) މުދައްރިސުންނަށް ދެވޭ ތަމްރީނުތައް ފަރުމާކުރުމުގައި އެންމެ މުޙިއްމު ބޭނުންތަކަށް އިސްކަން ދިނުން، (ބ) އައި.ސީ.ޓީ ޚިދުމަތްތައް ޝާމިލްކަމާއެކު ދެވޭކަން ޔަޤީންކުރުން، އަދ (ޅ) އައު މާސްޓަރ ޕްލޭންގައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޕްލޭން ހިމެނުން (ޔުނެސްކޯ ބެންކޮކް، 2018) މިއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.