ހއ. މޮޅަދޫ ސްކޫލްގެ 3 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2022-05-18

ހއ. މޮޅަދޫ ސްކޫލްގެ 3 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓް ހަވާލުކުރެވުނމި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި ޕްރޮޖެކްޓަށް ހުށައެޅުއްވީ 4,779,049.14ރ (ހަތަރު މިލިއަން ހަތް ލައްކަ ހަތްދިހަ ނުވަ ހާސް ސާޅީސް ނުވަ ރުފިޔާ ސާދަ ލާރި)އަށް މި މަސައްކަތް 118 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.