ނ.މާފަރު ސްކޫލް 4 ކުލާސްރޫމް، މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ މި މަސައްކަތް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 20,538,739.46ރ (ވިހި މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ހަތްސަތޭކަ ތިރީސް ނުވަ ރުފިޔާ ސާޅީސް ހަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީއެވެ.