ހދ.މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި


2022-04-20

ހދ.މަކުނުދޫސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.  

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫޢޫ ހަވާލުކުރެވުނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުނީގެ ފަރާތުން ދ.މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,008,846.18ރ (ބާރަމިލިޔަން އަށް ހާސް އަށް ސަތޭކަ ސާޅީސް ހަ ރުފިޔާ އަށާރަ ލާރި)   އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން  ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލް އެވެ.