ރ.އިންނަމާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫޢޫ ހަވާލުކުރެވުނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ކުންފުނިން ރ.އިންނަމާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 11,341,575.60ރ (އެގާރަ މިލިޔަން ތިންލައްކަ ސާޅީސް އެއްހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ފަސްދޮޅަސްލާރި) އަށް މި މަސައްކަތް 325 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލް އެވެ.