ކ. ހިންމަފުށި ސްކޫލުގައި 4 ކްލާސްރޫމް އަދި ހޯލު އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކުރެވުނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 16,709,293.57 ރ(ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާ ފަންސާސް ހަތްލާރި) އަށް މި މަސައްކަތް 365 ދުވަސް ތެރޭގައި ނިންމަވައިދެއްވާގޮތަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުލަމް ރުޝްދީ އެވެ.