ބ. ކިހާދޫ ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި


2022-03-23

ބ. ކިހާދޫ ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދާމި މަސައްކަތް ހަވާލުކުރެވުނީ މިދިޔައީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 2,074,555.06ރ (ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި) އަށް މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމަވައިދެއްވާގޮތަށް.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ  އިބްރާހީމް ޢަބްދުﷲ އެވެ.