ރ. ރަސްމާދޫ ސްކޫލް އަދި ރ. ފައިނު ސްކޫލުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި


2022-04-03

ރ. ރަސްމާދޫ ސްކޫލުގައި 3 ބުރީގެ އިމާރާތެއް އަދި ރ. ފައިނު ސްކޫލުގައި 3 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށްދާ މި ދެ ޕްރޮޖެކްޓްވެސް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ރ. ރަސްމާދޫ ސްކޫލުގެ މަސައްކަތަށް ހުށައަޅުއްވާފައި ވަނީ  12,839,307.38 ރ (ބާރަމިލިއަން އަށްލައްކަ ތިންސަތޭކަ ނުވަހާސް ތިންސަތޭކަ ހަތް ރުފިޔާ ތިރީސް އަށް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.

އެ ކުންފުނިން ރ. ފައިނު ސްކޫލުގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ ީ 15,268,826.02ރ (ފަނަރަމިލިއަން ދެލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ދެ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ޒުބައިރެވެ.