ނ.މާޅެންދޫ ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
ޕީއެސްއައިޕީ 2021 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކުރެވުނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.
އެފަރާތުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 21,190,778.58ރ (އެކާވީސް މިލިއަން އެއްލައްކަ ނުވަދިހަ ހާސް ހަތްސަތޭކަ ހަތްދިހަ އަށް ރުފިޔާ ފަންސާސް އަށް ލާރި) އަށް މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީއެވެ.