ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 06 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި


2021-05-18

ތ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 06 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

 މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ  6,932,123.57( ހަމިލިއަން ނުވަސަތޭކަ ތިރީސް 2 ހާސް ސަތޭކަ ތޭވީސް ރުފިޔާ ފަންސާސް ހަތްލާރި) އަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއެވެ.

 

އެފަރާތުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާ ގޮތަށެވެ.

 

އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމެންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒެވެ އަދި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.