ސ.މަރަދޫ/މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި


2021-04-01

ސ.މަރަދޫ/މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.

ޕީ.އެސް.އައި.ޕީގެ ދަށުން ކުރިޔަށް ގެންދެވޭ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ބީ.އޭ.ޕީ.ސީ ޕްރައިވެޓް ލިމިޓެޑާއެވެ.

300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 8,395,030.36( އަށްމިލިއަން ތިންލައްކަ ނުވަދިހަފަސްހާސް ތިރީސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ 2022 ވަނަ އަހަރު ފެބުރުއަރީ މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށެވެ.

މި އެގްރިމަންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އަދި ބީ.އޭ.ޕީ.ސީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރ އަބްދުﷲ ޒުހައިރެވެ.