ޝަރަފުއްދީން ސްކޫލުގައި 18 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2021-04-29

ސ.ހިތަދޫ ޝަރަފުއްދީން ސްކޫލްގެ 18 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި އެވެ.

ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށް ގެންދެވޭ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އިނޯކާ ޕްރައިވެޓް ލިމިޓެޑާއެވެ.

365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާ ގޮތަށް އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 11،604،370.79 (އެގާރަ މިލިއަން ހަ ލައްކަ ހަތަރުހާސް ތިން ސަތޭކަ ހަތްދިހަ ރުފިޔާ ހަތްދިހަ ނުވަ ލާރި) އެވެ.

އެހެން ކަމުން އަޅުގަނޑުމެން އުންމީދު ކުރަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަޙްމަދު ރިޔާޒެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮކިޔުމެންޓް މެނޭޖަރ މުޙައްމަދު ހަމްދޫނެވެ.