ހުޅުމާލޭގައި އިމާރާތްކުރާ އައު ސްކޫލް (ޞަލާޙުއްދީން ސްކޫލް) އިމާރާތް ކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި


2021-02-07

ހުޅުމާލޭގައި އިމާރާތްކުރާ އައު ސްކޫލް  (ޞަލާޙުއްދީން ސްކޫލް) އިމާރާތް ކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ޕީ.އެސް.އައި.ޕީ 2019 ގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އެވެ.

އެފަރާތުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ  118,336,879.62( ސަތޭކަ އަށާރަ މިލިއަން ތިންލައްކަ ތިރީސް ހަ ހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އަށް މި ޢިމާރާތުގެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ 2022 ވަނަ އަހަރު މާރިޗް މަހުގެ ފަހުކޮޅުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކޮށްފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ރިޔާޒެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އިރްފާނެވެ.