ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ރައްކާތެރިކަމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ހިރިޔާ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ޕްރޮގްރާމް މިއަދު މިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތަށް މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެވި ހޭލުންތެރި ކުރެވޭނެއެވެ. އަދި މިކަން ކުރިއަށްގެންދާނީ ކަމާބެހޭ މުޢައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.