މީމިސް ބޭނުން ކޮށްގެން ރިޕޯޓްފޯމް ޖެނެރޭޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ދަރިވަރުންނަށް ފުރަތަމަ ޓާމްގެ ރިޕޯޓްފޯމް ދިނުމަށް ނިންމައިފިއެވެ.
މިގޮތުން މިސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، ދަރިވަރުންގެ ނަތީޖާއާއި އެހެނިހެން މަޢުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ސްކޫލް މެދުވެރިކޮށް އޮންލައިންކޮށް ރިޕޯޓް ބެއްލެވުމަށް ބޭނުންފުޅުވާ ބެލެނިވެރިންނަށް އެ އިންތިޒާމް ސްކޫލުގައި ހަމަޖެހިފައިވާނެއެވެ.
މީމިސްއަކީ ދުނިޔޭގެ އެތައް ގައުމެއްގައި ތައުލީމީ ދާއިރާގެ އެންމެހާ މަޢުލޫމާތުތައް ރައްކާކުރެވި ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރަމުންއަންނަ އޯޕެންމީމިސް ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެންމެ އެކަށޭނަ ގޮތަށް ބަދަލުތައް ގެނެވި ފަރުމާކުރެވިފައިވާ ޑޭޓާބޭސްއެކެވެ.