މާލޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް ފިޒިކަލް އެޑިއުކޭޝަލް- ޕީއީ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.


2019-05-15

މާލޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް ފިޒިކަލް އެޑިއުކޭޝަލް- ޕީއީ ވޯކްޝޮޕްތަކެއް ފަށައިފިއެވެ. އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ވޯކްޝޮޕްތައް ފެށުމުގެ ރަސްމިއްޔާތު ރޭ ވަނީ އަމީނިއްޔާ ސްކޫލްގައި ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދެވެ. މި ތަމްރީން ޕްރޮގްރާމްގައި މާލޭގެ ސްކޫލްތަކުން 300އެއްހާ ޓީޗަރުން ބައިވެރިވެ ތަމްރީން ލިބިގަންނާނެއެވެ. މި ތަމްރީން ތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަކީ ހުރިހާ ގޮތަކުންވެސް ދުޅަހެޔޮ ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެ ރަނގަޅު ގޮތްތައް ޓީޗަރުންނަށް ދަސްކޮށްދިނުމެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދަވަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ- ޖައިކާ އަދި ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއަރޒްގެ ފަރާތުންނެވެ.