ޓީޗަރުންނަށް އަމާޒުކޮށްގެން "އިންސާނިއްޔަ ބޭސްޑް އެޑިއުކޭޝަން" ސެޝަނެއް ކުރިއަށް ގެންގޮސްފި


2017-02-08

މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންނަށް އަމާޒުކޮށްގެން "އިންސާނިއްޔަ ބޭސްޑް އެޑިއުކޭޝަން"ގެ ނަމުގައި މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ރޭ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ މި ސެޝަންގައި ކިޔަވައިދެއްވާފައިވަނީ މާލާ އިންޓަނޭޝަނަލް އެޑިއުކޭޝަންގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. އަރްފަހް ޞަލާހް އެވެ.

"އިންސާނިއްޔަ" މި މައުލޫއަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަންގައި މާލޭގެ ސްކޫލްތަކުން ޖުމްލަ 154 ޓީޗަރަކު ބައިވެރިވެފައިވެ އެވެ.

މިފަދަ މައުލޫމާތު ސެޝަންއެއް ޓީޗަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، އިންސާނިއްޔަތާއި އެޑިއުކޭޝަންނާއި ހުރި ގުޅުން ޓީޗަރުންނަށްނަށް އަންގައިދީ، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ޓީޗަރުންނަށް ފޯރުކޮށްދިނުމެވެ. އަދި ކިޔަވައިދިނުމުގެ މާހައުލުގައި މިފަދަ މުހިންމު މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދީ، ހޭލުންތެރި ކުރުވުމަކީވެސް މި މައުލޫމާތު ދިނުމުގެ ސެޝަންގެ މަގްސަދެކެވެ.