މަތީ ތައުލީމް ހާސިލް ކުރުމަށް ލޯން ލިބުނު ކުދިންނަށް ލިޔުން ހަވާލުކޮށްފި


2014-08-17

މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް މާޗްމަހު ހުޅުވައިލި ސްޓޫޑެންޓް ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން ލޯން ލިބުނު ދަރިވަރުންނަށް ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

 

ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ކުއްލިއްޔާގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރުމަށް އެންމެ ކުރީ ސަފުގައި ތިބެންޖެހޭނީ ދިވެހިންކަމަށް ވިދާޅުވެ  މިނިސްޓަރ ވިދާޅުވީ ގައުމަށްޓަކައި ތިމަންނާ އަށް ކޮށްދެވޭނީ ކޮންކަމެއްތޯ ދަރިވަރުންގެ ހިތްކުގައި ސުވާލު އުފެއްދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

 

މާރޗް 2014 ގެ މި ލޯން ސްކީމްތަކުގެ ދަށުން މިފަހަރު ޖުމްލަ 750 ލޯން ފުރުސަތު ހުޅުވާލެވުނެވެ. މި ފުރުސަތުތަކަށް އެދި ޖުމްލަ 313 ފަރާތަކުން ފޯމް ހުށައަޅާފައިވެއެވެ. އަދި ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން 258 ފަރާތަކަށް ލޯން ދޫކުރާ ގޮތަށް ނިންމާ މިއަދުގެ ރަސްމިއްޔާތުގައި އެފަރާތްތަކަށް ލޯންގެ ފުރުސަތު ހަވާލުކުރެވިފައިވެއެވެ.

 

މި ލޯން ސްކީމްގައި ފުލްފަންޑިންގް ކޯސްތަކަށް ހުޅުވާލި 380 ލޯންގެ ތެރެއިން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ޙާއްސަކޮށްފައިވާ 80 ލޯން ގެ ފުރުސަތަށް އެދި ފޯމް ހުށައެޅި 56 ދަރިވަރުންގެ ތެރެއިން ލޯން ލިބުމުގެ ލިޔުންހަވާލުކޮށްފައިވަނީ 40 ދަރިވަރަކަށެވެ.

 

އަދި އޮންގޮއިންގް ކޯސްތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ހުޅުވާލި 170 ފުރުސަތަށް އެދި ހުށައެޅި 32 ފަރާތަށްވެސް ލޯން ލިބުމުގެ ލޔުން މިއަދު ހަވާލުކުރެވުނެއެވެ.

 

އަދި އޮންގޮއިންގް ލޯންގެ ދަށުން ރާއްޖެއަށް ޙާއްސަކޮށްފައިވާ 300 ފުރުސަތަށް އެދި ފޯމް ހުށައެޅި 154 ފަރާތުގެ ތެރެއިން ލޮން ދޫކުރުމަށް ހޮވުނީ 142 ފަރާތެކެވެ.  

 

 

އޮންގޮއިންގް ކޯސްތަކުގެ ތެރެއިން ރާއްޖޭގައި ކިޔެވަމުންދާ ދަރިވަރުންނަށް ލޯން އެހީގެ ގޮތުގައި 25 ފުރުސަތު ހުޅުވާލި އިރު މި 25 ފުރުސަތަށް އެދި ޖުމްލަ 66 ފަރާތަކުން ފޯމް ހުށައަޅާފައިވެ އެވެ. މި ފަރާތް ތަކުގެ ތެރެއިން 39 ފަރާތަކަށް ލޯން އެހީގެ ފުރުސަތު ލިބުނެވެ.

މި ފުރުސަތުތަކަށް އެދި ޖުމްލަ 313 ފަރާތަކުން ފޯމް ހުށައަޅާފައިވެއެވެ. އަދި ފޯމް ހުށައެޅި ފަރާތްތަކުގެ ތެރެއިން 258 ފަރާތަކަށް ލޯން ދޫކުރާ ގޮތަށް ނިންމާ މިއަދުގެ ރަސްމިއްޔާތުގައި އެފަރާތްތަކަށް ލޯންގެ ފުރުސަތު ހަވާލުކުރެވިފައިވެއެވެ.

 

ޓިއުޝަން ފީ އަށް ހުޅުވާލި 150 ފުރުސަތަށް އެދި ފޯމް ހުށައަޅާފައިވަނީ ފަސް ދަރިވަރެކެވެ. މި ފަސް ދަރިވަރުންނަށް ވެސް ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ. ޓިއުޝަން ފީގެ ލޯނަށް ހުޅުވާލީ ހަމައެކަނި ރާއްޖޭގެ ކޯސްތަކަށެވެ.  

މި ލޯން ސްކީމްތަކަކީ 2012 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތުގެ ބަޖެޓުން އުފައްދާ ރިވޯލްވިން ފަންޑްގެ ދަށުން ކިޔަވާ ކުދިންނަށް ދޫކުރަމުން ގެންދާ ލޯން ތަކެކެވެ.